ads
ރައީސް ސާލިހު އަދި ޝިޔާމް
ރައީސް ސާލިހުގެ ހިކުމަތްތެރިކަމަށް ޝިޔާމްގެ ތައުރީފް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެހެން ވެރިކަންތަކޭ އެއްގޮތަށް ސިޔާސީ ގިނަ މަގާމުތަކެއް އަވަސް އަވަހަށް ބަދަލުވެފައި ނުވާތީ އެކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވޮލޮޕްމަންޓް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް ތައުރީފު ކުރައްވައިފިއެވެ.

މިއަދު ރައީސް ސާލިހަށް ތާއުރީފު ކުރައްވައި ޝިޔާމް ވިދާޅުވީ މުޅި ފަސް އަހަރުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކުގައި ކަމަށެވެ. މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާކަމަށެވެ. 

"ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ވެސް ނުފެނޭ، މުޅި ގައުމު ހަމަޖެހިއްޖެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރެކޯޑު އަދަދަކަށް އިތުރުވެއްޖެ" ރައީސް ސާލިހުގެ ވެރިކަން ކުރައްވާގޮތައް ތައުރީފުކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް ސޯލިހްގެ ގެ ހިންގުންތެރިކަމާއި، ކެތްތެރިކަމާއި، ހިކްމަތްތެރިކަން ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ސިޔާމް ވިދާޅުވިއެވެ.

ރައީސް ސާލިހު މިއަދު ގެންދަވަނީ މ އަތޮޅަށް ކެންޕޭނު ދަތުރުފުޅެއް ކުރައްވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް