މުޒާހަރާ ކުރި މީހުން ބުނެފައިވަނީ އެރަށަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތައް ކުރިއަށްނުދާކަމަށެވެ.
ކުމުންދޫގައި މުޒާހަރާކުރި މީހުން ކަންބޮޑުވުން ފާޅުކުރީ، ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވުމާ، ބަނދަރުގެ މައްސަލައަށް ހައްލު ނުލިބުމާ، ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ލަސްވުން ހިމެނެއެވެ. ޔޫތު ސެންޓަރާއި ސްކޫލުގެ ވަށާފާރުގެ މަސައްކަތް ނުފެށި ލަސްވުމާއި ހެލްތް ސެންޓަރު އާ އިމާރާތާއި ސްކޫލްގެ އާ ކުލާސް ރޫމް އިމާރާތް ނުފެށި ލަސްވުން ހިމެނެއެވެ.
މުޒާހަރާއަށް ނުކުތީ އެ ރަށުގައި އެމްޑީޕީއަށް ތާއީދު ކުރާ މީހުންކަމަށް އެރަށު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
ކުމުންދޫ ބައެއް މީހުން މުޒާހަރާއަށް ނުކުމެފައިވާއިރު، މިއަހަރު މިހާތަނަށް ދުވާލެއްގެ މައްޗަށް 30 މިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫތަކަށް ހޭދަކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 5.5 ބިލިއަން ރުފިޔާއިން މައްޗަށް ވަނީ ގޮސްފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:
ތަފާސް ހިސާބުތަކުން ދައްކާގޮތުން ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މަގު ހެދުމަށާއި ބިން ހިއްކުމުގެ އިތުރުން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުުތަކަށެވެ.
ޖުލައި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ: