ads
އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑުގެ ތެރެއިން
ދިވެހި ފިލްމު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ފިލްމް އެވާޑްސްގައި ބައިވެރިކުރާ ފިލްމުތައް ހުށަހެޅުމުގެ މުއްދަތު ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިތުރުކޮށްފިއެވެ.

މިގޮތުން އިތުރު ކޮށްފައިވަނީ ހަަތަރު ދުވަހެވެ. ކުރިން މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހު ހަމަވި ނަމަވެސް، އެންސީއޭއިން އަލަށް އިއުލާނުކުރި މުއްދަތާއެކު 20 ވަނަ ދުވަހާއި ހަމައަށް އެވޯޑަށް އެދި ހުށަހެޅޭނެއެވެ.

ދިވެހި ފިލްމު ފެސްޓިވަލުގައި ކޮމްޕެޓެޓިވް ކެޓަގަރީއަކާއި ނޮން ކޮމްޕެޓެޓިވް ކެޓަގަރީއެއް އޮވެއެވެ. ކޮމްޕެޓެޓިވް ކެޓަގަރީ ފިލްމު އެވޯޑްސްގައި ވާދަ ކުރާ ހުރިހާ ފިލްމެއް ހިމެނޭނެއެވެ.  ނޮން ކޮމްޕެޓެޓިވް ކެޓަގަރީގައި ވާދަ ކުރެވޭނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފީޗާ ފިލްމުތަކެވެ.

ފިލްމު އެވޯޑްސްގައި 60 މިނެޓަށްވުރެ ދިގު ފީޗާ ފިލްމު، 60 މިނެޓަށްވުރެ ކުރު، ކުރު ފިލްމު އަދި 90 މިނެޓަށްވުރެ ދިގު ނޫން ޑޮކިއުމެންޓްރީ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު އެންސީއޭއިން ވަނީ ހުޅުވާލާފައެވެ. 

ދިވެހި ފިލްމް އެވޯޑް ހަފްލާ އެންމެ ފަހުން ބާއްވާފައި ވަނީ 2019ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް