ads
ރައީސް ސާލިހު
ކޮޅުފުށީ ރައްޔިތުންނަށް ރިސޯޓެއްގެ ޔަގީންކަން ރައީސް ސާލިހު ދެއްވައިފި
ރައީސް ކެންޕޭނު ދަތުރު ފުޅުގައި މ. ކޮޅުފުށީ ރައްޔިތުންނަށް އެރަށާއި ގާތުން ރިސޯޓެއް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

މި އުންމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައިވެސް އެރަށު ރައްޔިތުންނަށް ދެއްވި އުންމީދެކެވެ. ނަމަވެސް އޭރު ރައީސް ޔާމިން ހިންގެވީ "ޖަރީމާއެއް" ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. 

އެގޮތުން އެރަށް ކައިރީގައި އޮތް ތިން ރަށް އެއް ރަށުގެ ގޮތުގައި ވިއްކާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

"އެ ދުވަސްވަރު ރަށްރަށް ދޫކުރި ގޮތް ތަފްސީލުކޮށްދެއްވާ ރައީސް ވިދާޅުވީ "ތިން ރަށް ދޫކުުރީ އެއް ރަށުގެ ގޮތުގައި. އަދި ބައެއް ރަށްރަށް ދެ ޕާޓީއަށް ވިއްކާފައިވޭ. ރިސޯޓް ހަދަން ދޫކުރި ރަށް ނޫން އެހެން ރަށެއްގައި ވެސް ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ކޮށްފައިވޭ،" ކަމަށެވެ.

ރައީސް ސިފަ ކުރެއްވި ގޮތުގައި އެއީ ޔާމީން ހިންގަވާފައިވާ ވަރަށް ބޮޑެތި ޖަރީމާތަކެކެވެ.

"ބައެއް ރަށްރަށް އެބަހުރި ދެ މީހުންނަށް ދީފައި. އަނެއްކާ ދިން ރަށް ނޫން ރަށްރަށުގައި ރިސޯޓް ހަދާފައިވެސް އެބަހުރި. އޮޅިގެން. ނަން އޮޅިގެން ކަމަށް ބުނެ. މިހެން ގޮސް އަޅުގަނޑު ދަންނަވާނީ އެތައް އެތައް ޖަރީމާއެއް އެބަހުރި ހިންގާފައި،" -ރައީސް ސޯލިހު-

ރައީސް ވަނީ އެއް ރަށުގެ ގޮތުގައި ތިން ރަށް ދިން ނަމަވެސް އަދިވެސް އެ ރަށްތައް ތަރައްގީ ކުރެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް އަލި މަގެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޮޅުފުއްޓާއި ކައިރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ރައީސް އެހެން ވިދާޅުވުމުން ރައްޔިތުން ވަނީ ކޮޅަށް ތެދުވެ ވަރަށް ހޫނު އަތްތިލަ ބަޑިއެއް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް