ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑރ.މަނީޝް ގުޕްތާއާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ ދަތް އުނގުޅާއިރު އަނގައިން ބެކްޓީރިއާ މޫނަށް ބުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިކަމުގެ ސަބަބުން މޫނުގެ ހަނގަނޑު ފަޅައިގެން ގޮސް ބިހިނެގުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.
ޑރ.ގުޕްތާ ވިދާޅުވާ ގޮތުގައި މިއީ ހާއްސަކޮށް ތެޔޮ ހަންގަނޑެއް ހުންނަނަމަ ނުވަތަ ހޫނު މޫސުމެއްގައި އުޅޭނަމަ ދިމާވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. އޭނާ ލަފާދެއްވަނީ ފެންވަރާލުމުގެ ކުރިން ދަތްއުނގުޅުމަށް ނުވަތަ އެންމެ ކުޑަމިނުން ދަތްއުނގުޅާލުމުގެ ކުރިން ހަންގަނޑު މުޅިން ހިކެންދެން މަޑުކުރުމަށެވެ.
މޫނުގައި ބިހިނެގުން ރައްކާތެރިވުމަށް ކުރެވިދާނެ އެހެން ބައެއް ކަންކަމުގެ އިރުޝާދުތައް ތިރީގައި މިވަނީއެވެ.
މަޑުމަޑުން ސާފުކުރާ އެއްޗަކުން ދުވާލަކު ދެފަހަރު މޫނު ދޮވެލާށެވެ.
ހަންގަނޑުން އިތުރު ތެލާއި ނަޖިސް ނައްތާލުމަށް ޓޯނާ ބޭނުން ކުރާށެވެ.
ހަންގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށްޓަކައި ނޮން ކޮމެޑޯޖެނިކް މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ.
މުޅި ދުވަހު މޫނުގައި އަތްލުމުން ދުރުހެލިވާށެވެ.
ދިގުދެމިގެންދާ ބިހިތަކެއް މޫނުގައި ހުންނަނަމަ ހަމުގެ ޑޮކްޓަރަކަށް ދައްކާށެވެ.