މިއަދު ގެނބިގެން މަރުވީ 1 އަހަރުގެ ތުއްތު ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ.
މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ.
މަރުވި ކުއްޖާއާއި އިތުރު ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަނިކޮށް އެ ކުދިން ފެނުނީ އެ ކުދުންގެ ކާފަށެވެ. އަދި އެތަނުން އެއްކުއްޖަކު އޭރު އޮތީ މޫދަށް ގެންބިފައެވެ. އޭރު ގަނޑިން 11:30 ހާއިރު ވަނީއެވެ.
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ގެއްލިގެން ހޯދަމުން ދިޔަ ދެ ކުދިންނަކީ ތިމާގެ ދެ ކުދިންނެވެ.