މ. މުލަކުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ދެގުނަ ވެފައިވާކަމަށެވެ.
އިމްރާން ވިދާޅުވީ ކޮވިޑު 19 ގެ ބަލިމަޑުކަމުން ރާއްޖޭގެ އިގްތިސާދަށް ގެއްލުންތަކެއް ވީނަމަވެސް، އެ ދަތިކަމުން އަރައިގަނެވުނީ ރައީސް ސާލިހު ގެންގުއްވި ހިކުމަތްތެރި ޕޮލިސީތަކުގެ ސަބަބުންކަމަށެވެ.
އިމްރާން ވިދާޅުވީ މ އަތޮޅަކީ ކުރިން އެމްޑީޕީއަށް އެހާ ތާއީދު އޮތް އަތޮޅެއް ނޫންކަމަށެވެ. ނަމަވެސް އެ އަތޮޅުންވެސް ރައީސް އަށް 60 ޕަސަންތު ތާއީދު ލިބިވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިއްޔެ އޭނާ ވަނީ އޭނާ ނިސްބަތްވާ ކޮޅުފުށިން 65 ޕަސަންޓު ވޯޓު ރައީސް ސާލިހަށް ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވެ ހިސާބު ޖައްސަވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;