އުރީދޫ ކްލަބް ޕްރިމިއާގެ މެންބަރުންނަށް ރާއްޖޭގައި އޮޕަރޭޓްކުރާ އެއް އެއާލައިން ކަމަށްވާ އިންޑިގޯ އެއާލައިންސްގެ ފްލައިޓް ޓިކެޓުން 10 އިންސައްތަ އާ ހަމައަށް މިހާރު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން ބުނީ މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެންބަރުން ޓިކެޓް ގަތުމަށް ހ. ގާދޫ ބިލްޑިންގް ދެވަނަ ފަންގިފިލާގައި ހުންނަ އޭވިއޭޝަން ސާވިސަސްއަށް ޒިޔާރަތްކޮށް، އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލް ކްލަބް ޕްރިމިއަ ކާޑު ދައްކާލަން ޖެހޭނެ ކަމަށެވެ. އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ ޓީމުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޑިސްކައުންޓް ފްލައިޓް ޓިކެޓް ފަސޭހަކަމާ އެކު ކަށަވަރުކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގަައި އެ ކުންފުންޏާއި އޭވިއޭޝަން ސާވިސަސް އާ ދެމެދު ގާއިމުކުރި މި ސްޓްރެޓެޖިކް ޕާޓްނާޝިޕަކީ ކްލަބް ޕްރިމިއާގެ މެންބަރުންގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ފްލައިޓް ޓިކެޓުން ބޮޑު ސޭވިންއެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ކަމުގައެވެ.
އުރީދޫ މޯލްޑިވްސްއަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. މި ހާއްސަ އޮފާ އާއެކު ގިނައިން ދަތުރުފަތުރު ކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.