ads
މިލަންދޫ: އެ ރަށުގައި އެމްޓީސީސީން 160 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް އަންނަނީ ކުރަމުން - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން މިލަންދޫގައި ހިންގާ މަޝްރޫއުތަކުގެ އަގު 160 މިލިއަން ރުފިޔާއަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ށ. މިލަންދޫގައި 160 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
Advertisement

މިލަންދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އެ ރަށު ބަނދަރު މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެ މަޝްރޫއާ އެކު އެ ރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެކަމާ ބެހޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ދެވަނަ ފިޔަވައްސާ އެކު އެ ރަށަށް ކުރިމަތިވެފަައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަޝްރޫއުތައް ނިމިގެންދާއިރު، އެ ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ރީތި ބީޗެއް ތަރައްގީ ކުރައްވާނެ ކަމުގައެވެ.

your imageއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ - ފޮޓޯ:އެމްޓީސީސީ

މިލަންދޫގެ މަސައްކަތަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ ރަށަށް ގެންނާނެ ކަމަށާއި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަދައްވަމުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެފައިވަނީ އެމްޓީސީސީން ރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. ރިޒާ ވިދާޅުވީ މިއީ މިލަންދޫގެ ތަރައްގީއަށް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަޝްރޫއުތައް ކުރިއަށް ގެންދާ ދައުރު ކަމަށެވެ.

މި އަހަރުގެ ނިޔަލަށް އެ ރަށުގެ ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް