ads
އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑުގެ ތެރެއިން: ފޮޓޯ މިހާރު
ދިވެހި ފިލްމު އެވޯޑްސް: އޮގަސްޓު 5 ވަނަ ދުވަހު
އަންނަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު 'ދިވެހި ފިލްމު އެވޯޑްސް' ބޭއްވުމަށް ނިންމައިފިއެވެ.

ފިލްމް އެވާޑްސްގައި ބައިވެރިކުރާ ފިލްމުތައް ހުށަހެޅުމުގެ މުއްދަތު ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިއްޔެވަނީ އިތުރުވެސް ކޮށްފައެވެ. 

މިގޮތުން އިތުރު ކޮށްފައިވަނީ ހަަތަރު ދުވަހެވެ. ކުރިން މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި އާދިއްތަ ދުވަހު ހަމަވި ނަމަވެސް، އެންސީއޭއިން އަލަށް އިއުލާނުކުރި މުއްދަތާއެކު 20 ވަނަ ދުވަހާއި ހަމައަށް އެވޯޑަށް އެދި ހުށަހެޅޭނެއެވެ.

ދިވެހި ފިލްމު ފެސްޓިވަލުގައި ކޮމްޕެޓެޓިވް ކެޓަގަރީއަކާއި ނޮން ކޮމްޕެޓެޓިވް ކެޓަގަރީއެއް އޮވެއެވެ. ކޮމްޕެޓެޓިވް ކެޓަގަރީ ފިލްމު އެވޯޑްސްގައި ވާދަ ކުރާ ހުރިހާ ފިލްމެއް ހިމެނޭނެއެވެ.  ނޮން ކޮމްޕެޓެޓިވް ކެޓަގަރީގައި ވާދަ ކުރެވޭނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފީޗާ ފިލްމުތަކެވެ.

ފިލްމު އެވޯޑްސްގައި 60 މިނެޓަށްވުރެ ދިގު ފީޗާ ފިލްމު، 60 މިނެޓަށްވުރެ ކުރު، ކުރު ފިލްމު އަދި 90 މިނެޓަށްވުރެ ދިގު ނޫން ޑޮކިއުމެންޓްރީ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު އެންސީއޭއިން ވަނީ ހުޅުވާލާފައެވެ. 

ދިވެހި ފިލްމް އެވޯޑް ހަފްލާ އެންމެ ފަހުން ބާއްވާފައި ވަނީ 2019ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް