ads
ގދ. ވާދޫ ކައުންސިލް ރައީސް ހަސަން އަބްދުއްﷲ.....
ކައުންސިލް ތަކަށް ބާރު ނުލިބެނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން: ވާދޫ ރައީސް
ކައުންސިލް ތަކަށް ބާރު ނުލިބެނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ގދ. ވާދޫ ކައުންސިލް ރައީސް ހަސަން އަބްދުއްﷲ ވިދާޅިވެއްޖެއެވެ.

ސީއެންއެމްޓިވީގެ "ރަށު ހަބަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަށް ދޭން ބުނެފައިވާ ފޮނި މީރުކަން ކައިރި ކުރެވޭ ވަރަށްވެސް އެބާރު ލިބިފައި ނުވާ ކަމަށެވެ.

"ސަރުކާރުގެ އެބަހުރި ދޯހަޅި ސިޔާސަތުތަކެއް. ދޯހަޅި ސިޔާސަތުތަކުގެ ތެރެއިން ކައުންސިލްތަކަށްދޭން ޖެހޭ އިހްތިޔާރާއި ބާރުތަކަށް، ރައީސުލްޖުމްހޫރިއްޔާވެސް ވަރަށްބޮޑަށް ބިރުގަނެފަ ހުންނަނީ." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކައުންސިލް ދައުރަށް ހޮވުމަށްފަހު ދެ އަހަރު ފާއިތުވެފައިވާއިރު ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ކައުންސިލްތަކުން މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ. އެއީ ކައުންސިލަރުންނަށް މަސައްކަތް ނުކުރެވިގެންނޫން ކަމަށެވެ. ލޭންޑްޔޫސް ޕްލޭންވެސް ހެދި ނިމިފައިވާއިރު، އެ ކަމުގެ ތެރެއިން މަސައްކަތް ކުރެވެމުންދާ ކަމަށާއި، ނަމަވެސް ކައުންސިލުން ކުރާ މަސައްކަތުން ހަމައެކަނި އެކަންތައް ކުރިއަށް ނުދާކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ރަށެއްގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ އެ ރަށެއްގެ ކައުންސިލަކާއި ސަރުކާރުންވެސް އެއްވަރަކަށް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. ނަމަވެސް މިހިނގާ ކައުންސިލް ދައުރުގެ ދެ އަހަރު ތެރޭގައި ފެނިފައިވާ ކަންތައްތަކުގެ ސަތޭކަ ޕަސެންޓްވެސް ހަމައެކަނި ސަރުކާރުގެ މައްސަކަތް ނުކުރެވެއެކޭވެސް ނުބުނެވޭނެ ކަމަށް ހަސަން ވިދާޅުވެފައިވެއެވެ.


33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް