ads
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލާޝިޕަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް 'ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް' އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލާޝިޕް ޕްރޮގްރާމް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާ އެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓަޑް ނަރުހުންގެ އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ތައުލީމާއި ތަމްރީނުގެ ރޮނގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް އެ ހޮސްޕިޓަލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ ނަރުހުންނަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތް ކަމަށާއި އެ ހޮސްޕިޓަލުން އެކަން ފާހަގަކޮށް ނަރުހުންގެ ދާއިރާއިން ހާއްސަ ސްކޮލާޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑަ ގްރެޖުއޭޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުސަތެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. 

ސްޕޮންސާޝިޕް ތަފްސީލު:

  • ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް: ސެޕްޓެމްބަރު 2023 އިންޓޭކް (2 ޖާގަ)
  • ޑިޕްލޮމާ އިން ނާސިން: ސެޕްޓެމްބަރު 2023 އިންޓޭކް (5 ޖާގަ)

އިހުތިޔާރުކުރާ ކޯހަށް އެދޭ ފަރާތްތަކުގެ ޝަރުތުތައް:

ހ. ދިވެހި ރައްޔިތެއް ކަމުގައިވުން 

ށ. ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރުމަށްފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން

1. ބީއެސްސީ ނާސިންގް (2 އަހަރު)

2. ޑިޕްލޮމާ އިން ނާސިން (3 އަހަރު) 

ނ. އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅޭނެ

ރ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ނުވުން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ 17:00 ކުރިން އެ ހޮސްޕިޓަލުގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމުގައެވެ.

ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެޓެސްޓްކުރި ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް
  • އެޓެސްޓްކުރި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ
  • ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ
  • ޕޮލިސް ރިޕޯޓް

އިތުރު މައުލޫމާތު ހޯދުމަށް:

https://www.treetophospital.com/media/tth-s-nursing-scholarship-program

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް