ads
ޑިމޮން ކެޓްޝާކު
މުޅިން އާ ބާވަތެއްގެ މިޔަރެއް އޮސްޓްރޭލިއާ އިން ހޯދައިފި
އާ ބާވަތެއްގެ މިޔަރެއް އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

މި މިޔަރަށް ނަން ދީފައިވަނީ "އެޕްރިސްޓަރަސް އޮވިކޯރަގަޓަސް" ނުވަތަ "ޑީމޮން ކެޓްޝާކް" ގެ ނަމުންނެވެ.  ހުޅަނގު އޮސްޓްރޭލިއާގެ އައްސޭރިފަށުން މި މިޔަރު ފެނިފައިވާއިރު، މިއީ 50 އަހަރަށްވުރެ ގިނަ ދުވަސް ފަހުން އޮސްޓްރޭލިއާ އިން ފެނުނު ފުރަތަމަ އާ ވައްތަރުގެ މިޔަރެވެ.

"ޑީމޮން ކެޓްޝާކް" އަކީ ފުން ކަނޑުގައި އުޅޭ މިޔަރެކެވެ. މިއީ އިރުގެ އަލި ވަދެވޭ ވަރަށް ފުން ފެންގަނޑުގައި ދިރިއުޅޭ މިޔަރެކެވެ. މާނައަކީ މިޔަރަކީ ލޯފަން މިޔަރެކެވެ. މި މިޔަރު ބޮޑުވަނީ 2 ފޫޓަށެވެ.

މި މިޔަރު ހޯދުމަކީ އަދިވެސް ކަނޑުތަކުގެ ހަގީގަތް ނޭނގޭ މިންވަރު ހަނދާންކޮށްދޭ ކަމެކެވެ. ކަނޑުތަކުން ދުނިޔޭގެ %70 އަށްވުރެ ބޮޑި ސަަރަހައްދަކަށްވަނީ ފެތުރިފައެވެ. އިތުރު އެތައް އާ ވައްތަރެއްގެ މިޔަރާއި މަސް ދިރިއުޅުމަކީ އެކަށީގެންވާ ކަމެކެވެ.

14%
ކަމުގޮސްފި
86%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް