އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މި މުބާރާތުން އިބޫ ލޯ މެޑެލް ހޯދިއިރު، އޭނާ ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުންވެސް ލޯ މެޑެލް ހޯދާފައެވެ.
އިބޫގެ ފައިނަލް ހީޓުގައި އޭނާ ވާދަކޮށްފައިވަނީ އިންޑޮނޭޝިއާގެ ޑަނީ ވިޑިއަންޓޯ އާއި ޖަޕާނުގެ ރިކީ ސަޓޯ އަދި ޖަޕާންގެ އިކޯ ވަތަނާބޭއާއެވެ. މި ހީޓުގައި ވާދަކޮށް އިބޫ ތިންވަނަ ހޯދީ 10.87 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ފައިނަލް ހީޓުން އެއްވަނަ ހޯދައި ރަން މެޑެލް ހާސިލުކުރި ވިޑިއަންޓޯ ވަނީ 17.83 ގެ ސްކޯއެއް ހޯދާފައެވެ. އަދި ދެވަނަ ހޯދި ސަޓޯ އަށް 13.90 ގެ ސްކޯއެއް ލިބުނުއިރު، ހަތަރުވަނަ ހޯދި އިކޯއަށް ލިބުނީ 10.73 ގެ ސްކޯއެކެވެ.
މިއީ އިބޫއަށް މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ލިބުނު ދެވަނަ ލޯ މެޑެއްޔެވެ.