ޔުނައިޓެޑުން ވަރަށް ބޮޑު އިސްކަމެއް ދީގެން އޮނަނާ ހޯދީ ދިގު މުއްދަތަކަށް އެޓީމުގެ ގޯލު ބެލެހެއްޓި ޑޭވިޑް ޑެހެއާ ޓީމު ދޫކޮށްލުމުންނެވެ. ޑެހެއާ ވަނީ ފާއިތުވި 12 ސީޒަންގައި އެޓީމުގެ ގޯލު ބަލަހައްޓާފައެވެ.
އުމުރުން 27 އަހަރުގެ ކެމަރޫން ކީޕަރު ޔުނައިޓެޑަށް ބަދަލުވީ 50 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑާއެކު އޭނާ ހަދާފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އަދި އިތުރު އެއް އަހަރަށް އެއްބަސްވުން ދިގުދަމާލުމުގެ ފުރުސަތު ކޮންޓްރެކްޓްގައި ހިމަނާފައިވެއެވެ.
އޮނަނާ ވަނީ އަޔެކްސްގައި ހަތް އަހަރާއި ހަ މަސްދުވަސް ހޭދަކޮށްފައެވެ. އޭނާ އިންޓަ މިލާނަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ.