ads
ކެޓްރީނާ ރާއްޖޭގައި
ކެޓްރީނާގެ 40 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ 40 ވަަނަ އުފަން ދުވަސް ސޮނޭވާ ފުށީގައި އާދިއްތަ ދުވަހު ފާހަގަކޮށްފިއެވެ.

ކެޓްރީނާ ކައިފްގެ 40 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކުރީ އޭނާގެ އެއްބަނޑު އެއްބަފާ ސެބަސްޓިއަން ލޯރެންޓް މިޝެލް އަދި އިޒާބެލް ކައިފްއާ އެކުއެވެ.

މި  އެއްބަނޑު އެއްބަފާ ކުދިންނާ އެކު އެކުވެރިން ވެސް ވަނީ ލަގްޒަރީ ރިސޯޓެއްގައި ޗުއްޓީއެއް ހޭދަކޮށް ޕާޓީގައި ބައިވެރިވުމަށް އައިސްފައެވެ.

ކެޓްރީނާ ކައިފް ވަނީ އޭނާގެ ދަތުރުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް، ސްވިމްސޫޓް ދައްކާލައި، އެ ރީތި މަންޒަރުތަކުން އުފާ ހޯދާފައެވެ.

އަދި އޭނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން ކަސްޓަމް މެއިޑް ޓީޝާޓެއް ލައިގެން "ކައިފް ޓްރިޕްލެޓްސް" ލިޔެފައިވާ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެއެވެ.

ކެޓްރީނާގެ އުފަންދުވަހަކީ ޖުލައި 16 އެވެ. އުފަން ދުވަހަށް ހާއްސަ ކަސްޓަމް މެއިޑް ޓީޝާޓްތައް ފަރުމާކޮށްފައިވަނީ ކައިފްގެ އެކުވެރިއެއް ކަމަށްވާ ގައުރީ ހާންއެވެ.

ކައިފްގެ ފިރިމީހާ ވިކީ ކައުޝަލް މަސައްކަތުގައި ބިޒީ ވުމުގެ ސަބަބުން އޭނާއާ އެކު ދަތުރުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް