ads
ރައީސް ޔާމީން
ރައީސް ޔާމީންގެ ޝަރީއަތެއް ބުދަ ދުވަހަށް ވެސް ތާވަލްކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.

ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް އަނެއްކާވެސް މި ތާވަލުކުރީ، މިދިޔަ ހަފްތާގައި ބާއްވަން މަސައްކަތް ކުރި އެއްވެސް އަޑު އެހުމެއް ނުބޭއްވި އޮތުމަށް ފަހުއެވެ. މިދިޔަ ހަފްތާގެ އިތުރުން، އީދު ބަންދުގެ ކުރިން ބާއްވަން މަސައްކަތް ކުރި ދެ އަޑު އެހުންވެސްވަނީ ކެންސަލް ވެފައެވެ.

އެންމެ ފަހުން ޝަރީއަތުގެ މަޖިލިސް ކެންސަލް ކުރީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވެމުންނެވެ. 

ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ފެށިފައިވާއިރު، މާދަމާގެ އަޑު އެހުން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރަށެވެ. 

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތަށް، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރު ޝަރީއަތުގައި މިހާރުވަނީ ނަގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް