އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރ.އަތޮޅުގެ ތިން ރަށެއްގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމް އަލަށް ހަމަޖައްސައި ހިދުމަތް ދޭން ފަށާފައިވާކަމަށެވެ.
މިއާއެކު ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ލިބޭނެ ރަށްތަކުގެ އަދަދު އެ އަތޮޅުގައި ފަހަކަށް އިތުރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެއަތޮޅުގައި އަލަށް ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައިވަނީ ހުޅުދުއްފާރާއި، މީދޫ އާ މަޑުއްވަރީއެވެ. މިއަހަރު ދުވާފަރާއި އަލިފުށީގައިވެސް މިހިދުމަތް ދޭން ވަނީ ފަށާފައެވެ. މިހެންކަމުން އެ އަތޮޅުގެ ފަސް ރަށުގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާލިބޭނެއެވެ.
ރ. އަތޮޅުގެ ސިއްހީ މަރުކަޒުތައް ބަލަހައްޓަނީ އެ އަތޮޅު އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއިންނެވެ.