ads
ރަންވީރު ސިންހު އަދި ދިޕިކާ ޕަދުކޯން
ދިޕިކާ ބާބީ ޑޯލް އަކާ ވަރައްތަރުކަމަށް ބުނުމުން ރަންވީރަށް ކެތެއްނުވި
ދިޕިކާ ޕަދުކޯން ފިޔާތޮށި ކުލައިގެ ކޮސްޓިއުމެއްގައި ފޮޓޯއެއް ނެގުމުން އޭނާ ބާބީ ޑޯލް އަކާ ވައްތަރުކަމަށް ބުނެ ފޭނުން ކޮމެންޓުކުރުމުން އެކަމަށް އޭނާގެ ފިރިމީހާ ރަންވީރު ސިންހު ޖަވާބުދީފިއެވެ.

އެ ފޮޓޯތައް ބަތަލާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރިއިރު، އެ ފޮޓޯތައް ވަރަށް އަވަހަށް ވައިރަލް ވެގެން ދިޔައެވެ. އެ ފޮޓޯތަކުގައި ދީޕިކާ ފެންނަނީ ފިޔާތޮށި ކުލައިގެ ޓޮޕަކާއި މެޗިން ޝޯޓްސް ލައިގެންނެވެ. އެ އައުޓްފިޓް އެކްސެސަރައިޒް ކޮށްފައިވަނީ ކަޅު ޓޮޕަކާއި ހުދު ސްނީކަރަކާއި ސޮކްސް އަކުންނެވެ. 

އެ ޕޯސްޓަށް ގިނަ ސަޕޯޓަރުން ކޮމެންޓް ކޮށްފައި ވަނީ ދީޕިކާ ހީވަނީ ދިރިހުރި ބާބީއެއްހެން ކަމަށެވެ. އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވެސް އެ ޕޯސްޓަށް ކޮމެންޓްކޮށް، ރެޑް ހޮޓް އިމޯޖީ މޫނެއް ދޫކޮށްލާފައިވެއެވެ. އަދި ފޭނުންގެ ކޮމެންޓުތައް ކަމުދާކަމަށް ވެސް ރަންވީރު ވަނީ ބުނެފައެވެ. 

ދީޕިކާގެ އާ ލުކަކީ 'އެޑިޑާސް' އާ ގުޅިގެން އެމީހުންގެ 'ޒެޑްއެންއީ އެތުލެއިޝާ' ކަލެކްޝަން އުފެއްދުމުގެ ބައެކެވެ. މި ކަލެކްޝަން އިންސްޕަޔަރ ކޮށްފައިވަނީ "ޒީރޯ ނެގެޓިވް އެނާޖީ" ގެ ޚިޔާލުންނެވެ.  މިއީ މީހުންނަށް އަރާމުކޮށް އިތުބާރު ކުރެވޭ ގޮތަށް 'އެޑިޑާސް' އިން ފަރުމާކޮށްފައިވާ ކަލެކްޝަނެކެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް