ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
މިސްކިތްތައް މިހާރު ޑިޒައިން ކުރައީ ރައީސްގެ ލަފާފުޅާ އެއްގޮތަށް: އިސްލާމިކް މިނިސްޓަރު
ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން ބިނާކުރާ މިސްކިތްތައް ޑިޒައިންކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ލަފާފުޅާ އެއްގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެެވެ.
Advertisement

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެއަށް ވަރަށްގިނަ ޢުމްރާނީ ތަރައްޤީ ގެންނަވާފައިވާކަމަށެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިން، ދީނީ ޝިޢާރުގެގޮތުގައި މިފެންނަ މިސްކިތްތަކުން ވެސް އެ ތަރައްޤީގެ އަސަރުތައް ފެންނަކަމަށް ވިދާޅުވިއެވެ.

"ކުރިއާ އަޅާބަލާއިރު މިހާރުގެ މިސްކިތްތަކުގެ ޑިޒައިން ތަފާތުވާނެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު، އައު ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތައް،" އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

your imageއައްޑޫގައި އަޅާ މިސްކިތުގެ ނަމޫނާ

މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިމިފައިވާއިރު 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެގްރީމަންޓް ހަދާ ކޮންމެ މިސްކިތަކީ  1 އަހަރުދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތްތައްކަމަށެވެ. 

މިހާރު މަސައްކަތް ކުރަމުންދާ 19 މިސްކިތުގެ މަސައްކަތް ނިންމުމަށްވެސް ދީފައިވަނީ ހަމަ އެ މުއްދަތުކަމަށާއި މުއްދަތުގެތެރޭގައި މިސްކިތްތަކުގެ މަސައްކަތް ނިންމިނަމަ އެ މިސްކިތްތައްވެސް މިއަދު މިހާހިސާބަށް ހުންނާނީ ނިމި، ރައްޔިތުންނަށް ބޭނުންކުރެވޭވަރުވެފައިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން މި ކުރައްވާ މަސައްކަތްކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް  އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތަކަކީ ރަށެއްގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އެކަމުގައި އެކުލެވިގެންވާ ބިނާއަކަށްވާއިރު މިސްކިތްތައް ބިނާކުރުމަށް ދެވޭ މުއްދަތަކީވެސް ވަކިގޮތަކަށް ބަލައިގެންދެވޭ މުއްދަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެރަށެއްގައި ބިނާކުރުމަށް ކަނޑައެޅޭ މިސްކިތުގެ ޖާގަކުޑަވުމުގެ މައްސަލަ ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ކަނޑައަޅާފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް