ads
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް...
މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަމުގެ މަގާމަށް އަޅުގަނޑު ކުރިމަތިލާނަން: މެމްބަރު އަލީ އާޒިމް
ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ މަގާމްތަކަށް، އިއުލާން ކުރުމާއެކު މައިނޯރިޓީ ލީޑަރު ކަމުގެ މަގާމަށް ކުރިމަތި ލާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެޖެއެވެ.

ސީއެންއެމްޓީވީގެ "ރިޔާސީރޭސް 2023" ޕްރޮގްރާމްގައި ވާހަކަދައްކަވަން އާޒިމް ވިދާޅުވީ ދަ ޑިމޮކްރެޓިކްސް އުފެދިގެން މިހާ ހިސާބަށް އާދެވުނު އިރު، 15 މެމަބަރުން އެޕާޓީގައި އެބަތިބި ކަމަށާއި، ދެން ހުޅުވޭ އިރެއްގައި އެޕާޓީ ވެގެންދާނީ މަޖުލީހުގެ މައިނޯރިޓީ ޕާޓީ އަށް ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރު ޖަވާބުދާރީ ކުރުވާނަން އާދަޔާ ހިލާފަށް. ކޮންމެ ދުވަހެއްގަވެސް އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުން." އާޒިމް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާ އެކު އެޕާޓީގައި ހިމެނިވަޑައިގެންނަވާ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. އެދަދު ހަމަވުމުން މައިނޯރިޓީ ޕާޓީގެ މަގާމު އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ގެއްލިގެންދާނެކަން ވަނީ ޔަގީން ވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ އަށެކެވެ. އެހެންކަމުން މައިނޯރިޓީ ލީޑަރު ކަމަށް ދެން އެންމެ ކައިރީގައި އޮތީ ޑިމޮކްރެޓިކްސް ޕާޓީއެވެ.

މައިނޯރިޓީ ލީޑަރުކަމުގައި ހުންނެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.

މިހާރު ޑިމޮކްރެޓިކްސް ޕާޓީގައި ތިއްބެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްއާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހިމެނެއެވެ.

މީގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު މަހައްމަދު ވަހީދު އާއި، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާރިރު އާއި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިތުރުން މަޖުލީހުގެ ރައީސް، މުހައްމަދު ނަޝީދު ހިމެނިގެންދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް