ads
ރީކޯ މޫސަ އަލުން އެމްޑީޕީއަށް
ޗެއާޕާސަންއަކަށް ހުންނަންވާނީ މެމްބަރުންނާއި ޒާތީނުވާ މީހެއް: ރީކޯ މޫސަ
އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނަންވާނީ އާންމު މެމްބަރުންނާއި ޒާތީނުވެ ޕާޓީގެ މެމްބަރުންނާއި އެކު އުޅެވޭނެ މީހެެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް(ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެންވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓްއަކާއި ގުޅިގެންނެވެ. 

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެވާހަކަ އެހެން އެ ދައްކަވަނީ ރީކޯމޫސަ ކަމަށެވެ. 

ފައްޔާޒުގެ ޓްވީޓާއި ގުޅިގެން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަންވާނީ އާންމު މެމްބަރުންނާއި ޒާތީނުވެ ޕާޓީގެ މެމްބަރުންނާއި އުޅެެވޭނެ މީހެއް ކަމަށާއި ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާގައި އޭނާާއާއި ދިމާކުރުމަކީ ފަޔާވެސް ކޮށްގެން ވާނެ ކަމެއްނޫން ކަމަށެވެ. ކަނޑައެޅިގެން ދޮގުވާހަކަ ނުފެތުރުމަށްވެސް މޫސަ އެދިވަޑައިގެންނެވިއެވެ. 

މިކަމާއި ގުޅިގެން " ސީއެންއެމްއަށް " މޫސަ ވިދާޅުވީ އެފަދަ އެއްވެސް ވާހަކަ އެއް އެއްވެސް ތަނެއްގައި ދައްކަވާފައި ނުވާނެކަމަށެވެ. އަަދި އެގޮތަށް ފައްޔާޒު އެވާހަކަ ދައްކަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

ވ. ފުލުދޫގައި އޮތް ކެންޕޭނު އިވެންޓަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސާލިހު ވިދާޅުވީ، ގިނަ ނަންތަކެއް އެމަނިކުފާނަށް ހުށަހެޅުމުން އަންނަކަމަށެވެ. އަދި ރަނިންމޭޓަކު ނެގުމަށް ވަކިވަކިން އެމްޑީޕީގެ އިސްބޭފުޅުންނާ ވާހަކަ ދައްކަވަމުން އަންނަކަމަށެވެ. 

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ." -ރައީސް ސާލިހު-

ށ. އަތޮޅުގައި ކެންޕޭނު ފެއްޓެވުމަށްފަހު ރައީސް ބެއްވެވި ބޮޑު ޖަލްސާގައިވެސް ރަނިންމޭޓަކު އިއުލާނު ކުރައްވާނެކަމަށް އަޑުފެތުރުނެވެ. ނަމަވެސް އެ ޖަލްސާގައި ވެސް އިއުލާނެއް ނުކުރައްވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް