ކައުންސިލްތަކަށް އެހީވުމުގެ ގޮތުން ފައިސާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ގްރީން ފަންޑުން 30.8 މިލިއަން ރުފިޔާ ހަވާލުކޮށްފައެވެ.
ގްރީން ފަންޑަކީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ނަގާ ގްރީން ޓެކުހުގެ ދަށުން އެކުލަވާލާފައިވާ ފަންޑެކެވެ.
މި ފައިސާ ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ.
މި ފަންޑުން ފައިސާ ކައުންސިލްތަކަށް ފޯރުކޮށްދިނުމުގައުވެސް އެ ރަށެއްގައި ކުނި އުފެދޭ މިންވަރަކަށް ބަލައެވެ. އޭގެ އިތުރުން އާބާދީއާއި، ރަށުގެ ކުޑަ ބޮޑު މިނަށްވެސް ބަލައެވެ.
ޝައުނާ ވިދާޅުވީ ކައުންސިލްތަކަށް ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު މިއަދު ދޫކުރި ފައިސާއިން ގަނެވޭނެކަމެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރަމުންނެވެ.