ads
ރައީސް ޔާމީން އަދި އަދީބް
ފުއްގިރި ޝަރީއަތުން އަދީބު ދެއްވި ދަބަހުގެ ވާހަކަ
ފުއްގިރި މައްސަލައިގައި، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ ޝަރީއަތާ ހިސާބަށް އަތުވެއްޖެއެވެ.
Advertisement

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ފުއްގިރި މައްސަލައިގެ ޝަރީއަތަށް އައީ، ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތުގައި މިއަދު ހެކި ބަސް ދިން، އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު އެކަން ހާމަކުރުމުންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އާމިރު ހެކިބަސް ދިނީ މެލޭޝިއާގައި ހުރެގެންނެވެ. އާމިރު ހުރީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުރެއެވެ.  އާމިރަކީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ހައްޔަރުކޮށް ދައުވާ ލިބުނު މީހެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީގައި އޮތް ބައްދަލުވުމަކާ ބެހޭ ހެކިބަސް ދެމުން އާމިރު ބުނި ގޮތުގައި، އެ ބައްދަލުވުމުގައި އަދީބު، ޒިޔަތު އަދި ޔާމީނަށް ރިޝްވަތު ހުށަހެޅުމުގައި މެދުވެރިއަކަށްވި ކަމަށް ބުނާ އަހުމަދު ކްރިކް ރިޒާ ބައިވެރިވިއެވެ. އަދި ސަން ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފު އެ މީޓިންގައި ބައިވެރިކަމަށް އާމިރު ބުންޏެވެ.

އާމިރު ބުނި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން އޭނާއަށް އެނގުނީ އަދީބު އަންގަވައިގެން ދަބަހެއް އެ މީޓިން ރޫމަށް ގެންގޮސްދޭން ޖެހުމުންނެވެ. އެހެންނަމަވެސް ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކައެއް އާމިރަކަށް ނޭނގެ އެވެ. މީޓިން ރޫމްގެ ދޮރު ހުޅުވުމުން އެ ދަބަހާ ހަވާލުވީ އެމްއެމްޕީއާރްސީގެ މުވައްޒަފެއް ކަމަށާއި ބައްދަލުވުމުގައި އެހެން ބޭފުޅުން އޭރު ތިއްބެވީ މޭޒު ކައިރީ އިށީނދެގެން ކަމަށް އާމިރު ބުންޏެވެ. އެ ދަބަހުގައި ހުރި އެއްޗަކާ ބެހޭ ގޮތުން އާމިރާ ސުވާލެއް ނުކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް