ads
ދަގަނޑޭ
ދަގަނޑޭއަށް އަލުން ކުޅެވޭނެ ދުވަހެއް ނޭނގޭ
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު - ދަގަނޑޭއަށް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ދަގަނޑޭ މިހާރު ކުޅެމުންދާ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗު އިސްމާއިލް މަހްފޫޒު ބުނެފިއެވެ.

އަޝްފާގަށް އަނިޔާވީ، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ، ކްލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިންނެއެވެ. އެއީ މި އަހަރުގެ އޭޕްރީލް މަހުއެވެ. 

ސަސްގެ ކޯޗު އިންމަ ބުނީ، އަޝްފާގުގެ ކަކުލަށް ލިބުނު އަނިޔާ ރަނގަޅުވެގެން އޭނާއަށް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު އަޝްފާގު އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އިންމަ ބުންޏެވެ. 

އަޝްފާގު ކަކޫ ރިކަވާއެއް ނުވޭ. ހަމަ އިންޖަރީގައި އުޅެނީ، އަޅުގަނޑަށް ލަފައެއް ނުކުރެވޭ ކައިރި މުސްތަގުބަލެއްގައި އަދި ކުޅެވޭނެ ކަމަކަށް. އަޅުގަނޑު އުއްމީދު ކުރަން ދަގަނޑޭ ފެންނާނެ ކަމަށް. 

މި އަހަރުގެ އޭޕްރީލް މަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕުގައި ސަސްއާ އީގަލްސްގެ މެޗުގައި ލިބުނު އަނިޔާއަކަށް ފަރުވާ ދޭން ބޭލި ގޮތަށް އަޝްފާގަށް އަދި އެނބުރި ކުޅުމުގެ ތެރެއަށް ނާދެވެއެވެ. ގައުމީ ޓީމުންވެސް އަޝްފާގު ސާފް ޗެމްޕިއަންޝިޕުގައި ނުފެފުނީ އަނިޔާގެ ސަބަބުންނެވެ. އެ ދުވަހު އަދި އެ މުބާރާތުގައި އޭގެ ކުރިން އަޝްފާގު ކުުޅުނު މެޗުގައި މޮޅު ކުޅުމެއް ކުޅުނެވެ. އަދި މާރިޗު މަހު ރާއްޖެއާ ޕާކިސްތާނު ކުޅުނު ފްރެންޑްލީ މެޗެއްގައިވެސް އަޝްފާގު ކުޅުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް