ads
ބަސް
ބަހެއްގެ ތެރޭގައި މާރަމާރީ ހިންގައިފި
ހައިވޭގައި ދަތުރުކުރަމުންދިޔަ ބަހެއްގެ ތެރޭގައި މާރަމާރީ ހިންގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަހެއްގެ ތެރޭގައެވެ. މާރަމާރީ ހިންގާފައިވަނީ މިއަދު ހެނދުނު 10:26 ހާއިރު ހައިވޭގައެވެ.


ހާދިސާ ދުށް މީހަކު ކިޔައިދިން ގޮތުގައި، ހަމަނުޖެހުން ހިނގުމާއެކު ބަސް ވަނީ ހައިވޭގެ މެދަށް މަޑުކޮށްފައެވެ. ހަމަނުޖެހުން ހިންގާފައި ވަނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނެކެވެ. އޭނާ ވަނީ ޑްރައިވަރު ސީޓަށް އަރަންވެސް މަސައްކަތް ކޮށްފައެވެ. އެވަގުތު އެތަނުގައި ތިބި މީހުން ކިޔައިދިން ގޮތުގައި އެމީހާ ޑްރައިވަރު ސީޓަށް އަރަން މަސައްކަތް ކުރުމުން ބަހުގެ ޑްރައިވަރު ވަނީ އޭނާ ކޮށްޕާލާފައެވެ. 

މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. 

15%
ކަމުގޮސްފި
62%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް