މާއްޓޭ އިސްތިއުފާގެ ސިޓީ ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވީ އިއްޔެގެ ވަގުތެއްގައެވެ.
އިސްތިއުފާގެ ސިޓީގައި މަގާމުން ވަކިވި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.
މާއްޓޭމަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ގެންދެވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންތަކެއް އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިއުލާންކުރުމަށް މިއަދު ރާއްޖޭގެ 36 ރަށަކަށް ދިޔަ ޓީމުގެ ތެރޭގައިވެސް މާއްޓޭ ހިމެނެއެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މާއްޓޭ އައްޔަންކުރީ ޖުލައި، 2019 ގައެވެ.