ads
ރައީސް ހއ ތުރާކުނުގައި
ރާއްޖޭގެ އެންމެ އުތުރުން ވެސް ރައީސަށް ހޫނު މަރުހަބާއެއް ދަންނަވައިފި
ހއ ތުރާކުނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
Advertisement

ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ.

ހޯރަފުއްޓަށް ވަޑައިގެންނެވުމުން ރަށުގެ އެމްޑީޕީ ސަޕޯޓަރުން ވަނީ އެއާޕޯޓުގެ ބޭރުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ.

ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރާކުނުގެ ކުޑަކުދިންގެ ޕާކް " އުތުރުވެހި " ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. 

އަދި އެރަށުގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާ ރަސްމީކޮށް ވަނީ ހުޅުއްވައިދެއްވާފައެވެ. 

ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށް ރައީސް މިއަދު ވަޑައިގަންނަވާނެއެވެ. އަދި ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަނީ ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަކަށް ވަޑައިގެން ރިޔާސީ ކެމްޕެއިން ކުރައްވައިފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް