ads
އިބްރާހިމް ދީދީ
އަނެއްކާވެސް ސިޔާސީ ބޭފުޅަކު ސަރުކާރުން އިސްތިއުފާދެއްވައިފި
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ދީދީ އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
Advertisement

އިބްރާހިމް ދީދީ އިސްތިއުފާ ދެއްވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. 

އިސްތިއުފާދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހުމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހިނގަމުންމިދާ ރިޔާސީ ދައުރުގައި ގައުމުގެ ދެމެދުގައި ހާލާތަށްް ބަލާއިރު އިތުރު ދައުރެއް ވެރިކަން ކުރުމަށް މަނިކުފާނަށް ދިނުމަކީ ދިވެހި ގައުމަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑަށް ގަބޫލުކުރާތީވެ، އޭނާ މިހާރު އަދާކުރާ ވަޒީފާ އިން ވެސް އިސްތިއުފާ ދެއްވީކަމަށެވެ. 

ހިނގަމުންމިދާ ރިޔާސީ ދައުރުގައި ގައުމުގެ ދެމެދުގައި ހާލާތަށްް ބަލާއިރު އިތުރު ދައުރެއް ވެރިކަން ކުރުމަށް މަނިކުފާނަށް ދިނުމަކީ ދިވެހި ގައުމަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑަށް ގަބޫލުކުރާތީވެ އަޅުގަނޑު މިހާރު އަދާކުރާ ވަޒީފާ އިން އިސްތިއުފާ ދީފިން: އިބްރާހީމް ދީދީ

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އަންވަރު (ސިމްވާރް) ވެސް ހޯމަ ދުވަހުގެ ވަގުތެއްގައި ސަރުކާރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. 

ސިމްވާރް ސަރުކާރުން އިސްތިއުފާ ދެއްވިއިރު އޭނާ އާއިއެކު މިސަރުކާރު ގެނައުމުގައި މީސް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝައްމޫން ޖަލީލް (ލޫކަސް) ވެސް ވަނީ މިދިޔަ ހަފްތާގައި ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅިފައެވެ.

54%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް