ads
އުލިގަމުގެ 30 އަހަރުވީ އިންޖީނުގެ ނިއްވާލައި، އާ އިންޖީނުގެ ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
އުލިގަމަށް 30 އަހަރުފަހުން އާ އިންޖީނުގެއެއް، ހުޅުވައިދެއްވީ ރައީސް
ހއ. އުލިގަމުގެ 30 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އުލިގަމުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އުލިގަމުގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުން ހުޅުވި 31 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 30 އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 40x20 އަކަފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އެތަނުގައި ހުރީ ހަތަރު މުވައްޒަފުންނަށް މަސައްކަތް ކުރާނެ ޖާގަ ކަމަށެވެ. އުލިގަމުގެ އިންޖީނުގޭގައި އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 12x10 އަކަފޫޓުގެ ސްޓާފް ރޫމެއް ކަމަށް ފެނަކައިން ބުނެއެވެ.

your imageއުލިގަމުގެ 30 އަހަރުވީ ބާ އިންޖީނުގެ - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި އުލިގަމުގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 83x35 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 50x33 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ އިންޖީން ރޫމެއް އެކަނި ކަމަށާއި އޭރުގައި އޮފީސް އިމާރާތެއްގެ ގޮތުގައި ހުރީ ސްޓާފް ރޫމެއް ކަމަށެވެ. އެހެންނަމަ ވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމެއްގެ އިތުރުން ކޮންޓްރޯލް ރޫމެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމްއަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމެއް އަދި ސްޓޯރެއް ހިމެނޭނެ ކަމުގައެވެ.

your imageއުލިގަމުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

އުލިގަމުގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 336 ކިލޯވޮޓުން 458 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް