އީގަލްސް އެއްވަނައަށް އެރީ ލީގުގައި މިއަދު ހަވީރު 2-1 އިން އީގަލްސް މޮޅުވުމުންނެވެ. އީގަލްސްއަށް މިއަދުގެ މޮޅާއެކު އެ ޓީމަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
މާދަމާ ހަވީރު މާޒިޔާ ކުޅޭ މެޗުގެ ނަތީޖާއިން ޓޭބަލްއަށް ބަދަލު އައިސް މާޒިޔާއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެވެ.
އީގަލްސް އިން މެޗުގެ ލީޑު ނެގީ 43 ވަނަ މިނެޓުގައި ރިޒޭ އެވެ. ޔޫވީ އިން އެއްވަރު ކުރީ ޝަނާން ޖެހި ލަނޑުންނެވެ. އީގަލްސްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ދިހަ މިނެޓަށްވެފައިވަނިކޮށް މަހުދީ އެވެ.