ads
އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވަނީ
އިހަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ 5 މަޝްރޫއު ނިމުން ފާހަގަކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްް ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށް ދެއްވައިފިއެވެ.

ރައީސް ސޯލިހު މި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތު ތަކުގައިއެވެ. 

އެގޮތުން އެމަނިކުފާނު ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. 

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ރައީސް ވިދާޅުވީ މަސައްކަތްތައް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ހިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި އެ ހާލަތާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްޤީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ތަސައްވުރެއް އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް