ads
އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރެއްވުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައިފި
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވައިފިއެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ސޯލިހު އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވީ އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 28 މީޓަރު ރޮކް ބޯލްޑަ ބްރޭކްވޯޓަ ޖެހުމާއި 266 މީޓަރު ސޭންޑް ފިލް ބްރޭކްވޯޓަ ޖެހުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ކޮށްފައެވެ. އޭގެ އިތުރުން 525 މީޓަރު ރިވެޓްމަންޓް ޖެހުމާއި 72 މީޓަރު ގްރޮއިން ޖެހުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން 121 އަކަމީޓަރުގެ ރޭމްޕެއް ހަދައި ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި 5،149 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ވަނީ ހަދާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 62.2 މިލިއަން ރުފިޔާއަށެވެ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް