ރައީސް މިފަދައިން ވިދާޅުވީ އިހަވަންދޫގެ އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ސަރަހައްދުގެ ރައްޔިތުންގެ މަސައްކަތުން އަމިއްލަ އިގްތިސާދެއް ތަރައްގީކުރިކަަމަށެވެ.
މިހާރު އަނެއްކާވެސް ކުރާ މަސައްކަަތަކީ އެ މާޒީ ބޮޑުތިލަދުންމައްޗަށް ގެނެސްދިނުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލް އަށް ފައިސާ ހޯދާ ޓެންޑާކުރި ކަމަށާއި އެ މަސައްކަތް ލަސްވަނީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކޮށް ނުދީ އޮވެގެން ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮންޓްރެކްޓް ބާތިލް ނުކޮަށް އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ބައްލަވާ ކަމަށެވެ. އެ ކޮންޓްރެކްޓް އުވާލައިފި ނަމަ މާ ބޮޑަށް ގެއްލުން ވާނެ ކަމަށާއި، މި ޖުލައި މަސް ނިމި އޮގަސްޓް މަހުގެ ތެރޭގައި އޮގަސްޓް މަހުގެ ތެރޭގައި އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.