ads
ގީގީ ހަދީދު
އިނގިރޭސި ވިލާތައް ގަންޖާ އެތެރެކޮށްގެން ގީގީ ހަދީދު ހައްޔަރުކޮށްފި
އެމެރިކާގެ މަޝްހޫރު މޮޑެލް ގީގީ ހަދީދު އިނގިރޭސި ވިލާތުގެ ކޭމަން އައިލެންޑްސް އަށް ގަންޖާ އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
Advertisement

ހަދީދާއި އޭނާގެ އެކުވެރިއަކު ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ އޮފިޝަލުންގެ ލަގެޖުން ކުޑަ މިންވަރެއްގެ ގަންޖާ ކޮޅެއް ފެނިގެންކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެ ދެމީހުން ވެސް ކަފާލާތުގެ ދަށުން މިހާރު ދޫކޮށްލާފައިވާއިރު، ފަހުން ވަނީ ދައުވާއަށް އިއުތިރާފުވެ، ކޮންމެ މީހަކު ވެސް 1،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކާފައެވެ. 

ހަދީދުގެ މަންދޫބު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ދަތުރުކުރަމުން ދިޔައީ މެޑިކަލް ލައިސަންސަކާއެކު ނިއުޔޯކް ސިޓީން ގާނޫނީ ގޮތުން ގަތް ގަންޖާ ހިނފައިގެން ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހަދީދު "ހާލަތަށް ހިތާމަކުރާ" ކަމަށާއި އޭނާ "ކޭމަން އައިލެންޑްސްގެ ގާނޫނުތަކަށް ތަބާވުމަށް ވައުދުވެފައިވާ" ކަމަށެވެ.

ހަދީދު ހައްޔަރުކުރުމާ ގުޅިގެން ކޭމަން އައިލެންޑްސްގައި ގަންޖާގެންގުޅުން  ގާނޫނީ ގޮތުން ހުއްދަކުރުމާ ގުޅޭ ގޮތުން ވަނީ ބަހުސްތަކެއް ފަށައިފައެވެ. 

ހަދީދު ހައްޔަރު ކުރުމަކީ އިންސާފުވެރި ނޫން ކަމެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ވަނީ އެރަށަށް ގަންޖާ ގެންދާއިރު އެއީ މަނާކަމެއްކަން އެނގެންޖެހޭނެކަމަށް ބުނެފައެވެ. 

ހައްޔަރުކުރި މައްސަލައިގައި ކޭމަން އައިލެންޑްސް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މިހާދިސާގެ އަލީގައި އެގައުމުގެ މަސްތުވާތަކެތީގެ ގާނޫނުތައް މުރާޖައާ ކުރުން އެކަށީގެންވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް