ads
ޔާމީން ޝަރީއަތުގައި
ޔާމީންގެ އެކައުންޓަށް ޑޮލަރު ޖަމާކޮށްދިނިން: ހެކިވެރިއެއް
ޑޮލަރު މާރު ކުރަން ކަމަށް ބުނެ، ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް ސަން ކުންފުނީގެ މުވައްޒަފަކު ކޯޓުގައި ހެކިބަސް ދީފިއެވެ.
Advertisement

ފުއްގިރި މައްސަލައިގެ ޝަރީއަތުގައި، ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެމުން، ސަން ކުންފުނީގެ ބިދޭސީ އެކައުންޓެއްޓަކު ބުނީ ޑޮލަރު މާރުކުރަން ޖެހޭ ކަމަށް ސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭނާ ގާތު އޭރު ބުނި ކަމަށެވެ. 

ފަހުން ސަން ކުންފުނީގެ މުވައްޒަފެއް ކަމަށްވާ މައުރޫފް ކިޔާ މީހަކާ އެކު ރިޒާ ކިޔާ މީހަކު ގޮސް ޗެކެއް ދިން ކަމަށާއި އެ ޗެކުން ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކުރި ކަމަށް އެ މީހާ ބުންޏެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ހެކިބަސް ދިން މީހާ ބުނިގޮތުގައި ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެ ފައިސާ ސަން އިންވެސްޓްމަންޓްގެ އެކައުންޓަކަށް ފޮނުވި އެވެ. އެގޮތަށް ފައިސާ ފޮނުވީ ބޭރު ފައިސާ މާރު ކުރުމުގެ ހުއްދަ އޮންނަނީ ސަން އިންވެސްޓްމަންޓަށް ކަމަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭގެ ފަހުން ޔާމީންގެ ފަރާތުން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް ބުނާ ލިޔުމެއް ހިފައިގެން ސަންގެ މުވައްޒަފާއި ރިޒާ ކިޔާ މީހާ އަނެއްކާވެސް ދިޔަ އެވެ. 

މި މައްސަލައިގައި އޮންނައިންކޮށް ހެކިބަސް ނެގުމުގައި ދަތިތައް ކުރިމަތިވާން ފެށުމުން އޭނާ ކޯޓަށް ހާޒިރު ކޮށްގެން ހެކިބަސް ނަގަން ނިންމި އެވެ. އެކަން ކުރެވޭނެ ދުވަހެއް ބެލުމަށް ފަހު ދައުލަތުން އިންތިޒާމް ހަމަޖައްސަން ކޯޓުން ފުރުސަތު ދިނެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް