ads
ހއ. އިހަވަންދޫއާއި، ހއ. މާރަންދޫއާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙް ކޮށްދެއްވަނީ
މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ބައެއް މީހުން ގުޅާ، އެކަމެއް ނުކުރަން: ރައީސް
މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ދިނުމަށް އެދި ބައެއް ފަރާތްތަކުން ގުޅި ނަމަވެސް އެ މުއައްސަސާތަކަށް އެމަނިކުފާނު ނުފޫޒު ނުފޯރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުގެ ތެރެއިން މިއަދު ކެލާއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިނިވަން މުއައްސަސާތަކަށް ނުފޫޒުފޯރުވަން މީހުން ގުޅާކަން ހާމަކުރައްވަމުން ރައީސް މިސާލެއްގެ ގޮތުގައި ނެންގެވީ އޭސީސީއެވެ. އެގޮތުން އެ މުއައްސަސާގައި އޮތް މައްސަލައެއް ވަކިގޮތަކަށް ނިންމަވަން އެމަނިކުފާނަށް އެންގޭނީ ކިހިނެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. 

"ބައެއް ފަހަރު ބައެއް ބޭފުޅުން ފޯނުކޮށްލާފައި އަޅުގަނޑު ކައިރީ އެބަ ވިދާޅުވޭ ރައީސް މިއިންތަނަކަށް ގުޅާލާފައި ބުނީމަ އެމީހުން ހުއްދަ ދޭނޭ. މިސާލަކަށް އޭސީސީގައި އޮންްނަ މައްސަލައެއް ނިންމަން އަޅުގަނޑު ކިހިނެތްތޯ ގުޅާފަ މިވެނި މައްސަލައެއް މިހެން ނިންމާށެ ބުނާނީ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން." -ރައީސް ސާލިހު-

ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކަންކަން ކުރައްވަމުން ގެންދަންވީ އެ މުއައްސަސާއަކަށް ލިބިފައިވާ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އެމަނިކުފާނު ނުފޫޒު ނުފޯރުވާނެކަމަށެވެ. 

"މިނިވަން މުއައްސަސާތަކުން ކުރަމުންގެންދާ ކަންތައްތަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވަން. ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއަކަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރޭގައި އިހްތިޔާރު ކުރައްވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވަންވީ." -ރައީސް ސާލިހު-

ހއ. އަތޮޅަށް ކުރައްވާ ކެންޕޭނު ދަތުރު ފުޅުގައި ރައީސް އިއްޔެ ވަޑައިގަތީ އެއަ އަތޮޅު ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ އަދި އިހަވަންދޫއަށެވެ. މިއަދު މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދޫ އަށް ވަޑައިގަންނަވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް