ads
ފުލުހުންގެ މަސައްކަތުގައި ކުރިއަށް ދެވޭނީ ޝައުގާ ލޯބިން: ސީޕީ ހަމީދު
ފުލުހުންގެ މަސައްކަތުގައި ކުރިއަށް ދެވޭނީ މި މަސައްކަތާ ދޭތެރޭ ވަރަށް ހާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައި އެޝައުގުވެރިކަން ދަމަހައްޓައިގެންކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިގޮތަށް ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ''އިންސްޕެކްޓަރ ކޯސް'' ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައިކަމަށް ފުލުހުން މިއަދު ބުންޏެވެ. 

އެ ރަސްމިއްޔާތުގައި، ކޮމިޝަނަރގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން، އިންސްޕެކްޓާ ކޯހުން ދަސްވެނިވި ފުލުހުންނަށާއި އެ ފުލުހުން ނިސްބަތްވާ ބަހާތަކުގެ ވެރިން އަދި އެ ފުލުހުންގެ އާއިލާތަކަށް ތަހުނިޔާއާއި މުބާރަކު ބާދީ އަރިސްކުރައްވައި ކޯހުން ވަނަތައް ހާސިލުކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ.

.ފުލުހުންގެ ކެރިއަރުގައި އެ ހުރިހާ ފުލުހުންވެސް ހޯދީ ވަރަށްވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމާއި މިކާމިޔާބީއަކީ ހަމަ އެ ފުލުހުންކުރި މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. 

"މަސައްކަތު މާހައުލާއި އާއިލާއާ އަދި އެނޫންވެސް އަމިއްލަ އެތައްކަމެއް ދޫކޮށް، އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ތަމްރީނު މަރުކަޒަށް އައިސް ދަސްކުރި އެންމެހައި އިލްމަކީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ފުރިހަމައަށް ތަންފީޒުކުރާނެ ކަންކަމަށް ވުމަކީ ވަރަށް ބޮޑަށް އެ ދޭކަމެއްކަމެއް،" -ސީޕީ ހަމީދު-

މި ތަމްރީނަކީ އަދި މިނޫން ވެސް ފުލުހުންނަށް ފޯރުކޮށްދެވޭ ކޮންމެ ތަމްރީނަކާއި އުނގެނުމުގެ ފުރުސަތަކީ އެ ތަމްރީނެއް ފުރިހަމަކުރާ މުވައްޒަފަށް އަދި މުޅި މުއައްސަސާއަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަން ޔަގީންކުރައްވާކަމަށް ސީޕީ ހަމީދު ވިދާޅުވިކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ. 

ކޮމިޝަނާ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެވެސް ވަރަށް މުހިންމު ޒިންމާއެއްވާ ކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަމްރީނުތަކަށް މުވައްޒަފުން ހޮވިގެން ދިއުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ. 

އަދި ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓަރ ކޯސް ހާއްސަވާ މުހިންމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނެއްކަމަށާއި މި ތަމްރީނާއި، މި ގިންތީގެ ރޭންކުތަކަށް ބޭނުންވާ ލީޑަރޝިޕާއި މެނޭޖްމަންޓުގެ ހުނަރު ކޯހުގެ ބައިވެރިންނަށް ދެވިފައިވާކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިކަމަށް ފުލުހުން މިއަދު ބުންޏެވެ. 

ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއްކަމަށާއި ފުލުހުންގެ ޚިދުމަތުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިކަމަށް ފުލުހުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް