ads
ސިޕީ ހަމީދު އަދި އިނިސްޕެކްޓާ ކޯހުގެ ބައިވެރިއެއް
އިންސްޕެކްޓާ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިޔާތު ބާއްވައިފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޯސް ނިންމުމަށް އެންސީޕޯލްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދުކަމަށެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ފުލުހުން ބުނީ މެއި 17 އިން ޖުލައި 19 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޓާ ކޯހުގައި ފުލުހުންގެ ގާނޫނުނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވާކަމަށެވެ. 

އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވިއެވެ. އެއީ 35 ފިރިހެން ބައިވެރިންނާއި ހަ އަންހެން ބައިވެރިންނެވެ.

އިންސްޕެކްޓަރ ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަހީދުއެވެ.

ކޯހުން ދެވަނަ އަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަޒީނާ ސައީދުކަމަށް ފުލުހުން މިއަދު ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް