ads
މެޖިސްޓްރޭޓް ކޯޓެއް
މެޖިސްޓްރޭޓަކަށް ހަމަލާދިން މީހަކު ޖަލަށް
ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓަކަށް ހަމަލާ ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި ހާދިސާއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެދު ތެރޭ، ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާގައި، މެޖިސްޓްރޭޓަކު ބަޔަކާއެކު ރަށުގެ ޖޯލި ފައްޗެއްގައި އިންދައި ދިވެހި ފިރިހެނަކު ގޮސް މެޖިސްޓްރޭޓަށް ހަމަލާދިނެވެ. 

މި މައްސަލައިގައި ދައުލަތުން އެ މީހާއާ ދެކޮޅަށް، ދެ ދައުވާއެއް އުފުލިއެވެ. އެއީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އަދި މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ކުރުމުގެ ދައުވާއެވެ. 

މި ދެ ދައުވާގެ ތެރެއިން މަސްލަހަތު ގެއްލޭ އަމަލެއް ކުރުމުގެ ދައުވާގެ ކުށް ސާބިތުވެ، އެ މީހާގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ދެން ބާކީ ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމަކީ،  13 ދުވަހުގެ ހުކުމެވެ. މީގެ އިތުރުން މި މައްސަލައިގައި 2700 ރުފިޔާއިން އެ މީހާ ޖޫރިމަނާކުރިއެވެ. 

ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެގެންވެސް އޭނާގެ މައްޗަށް 27 ދުވަހުގެ ހުކުމެއް އިއްވިއެވެ. އެކަމަކު އެ މައްސަލައިންވެސް ބަންދުގައި ހުރި 10 ދުވަސް އުނިކުރުމަށް ފަހު ދެން ތަންފީޒު ކުރަން ޖެހެނީ 17 ދުވަހުގެ ހުކުމެވެ. 17 ދުވަހުގެ ހުކުމާއެކު، 3400 ރުފިޔާއިން އެ މީހާ ޖޫރިމަނާކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް