ads
ރަފިއްޔާ ދިއްދޫގައި ވާހަކަފުޅު ދައްކަވަނީ
ހަޖޫ ޖެހިއަސް ރައީސް ސާލިހު އެއްބުރުން ހޮވާނަން: ރަފިއްޔާ
ރައީސް އެއްބުރުން ހޮވާ ވާހަކަ ދެއްކުމުން ބައެއް މީހުން ހަޖޫޖަހާކަމަށާާއި އެހެންނަމަ ވެސް، ކޯލިޝަން ދެމެހެއްޓެވި ރައީސަކީ ރައީސް ސާލިހު އެކަނި ކަމަށާއި އެއްބުރުން ރައީސް އިންތިހާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އެމްޑީއޭގެ ނައިބު ރައީސް ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރަފިއްޔާ ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވި ހަމައެކަނި ލީޑަރަކީ ރައީސް ސާލިހު ކަމަށެވެ. 

ރަފިއްޔާ ވަނީ މި ސަރުކާރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލަވާލުމުން އެކަން ފާހަގަކުރައްވާފައެވެ.

އަދި އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ މީގެ ކުރިން ދައުރު ނިންމެވި ރައީސުން ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަން ނިކުންނެވީ ގިނިކަންޏާ ކަމަށާއި، އެހެންނަމަވެސް ރައީސް ސާލިހު މިފަހަރުވެސް ނިކުންނެވީ ކޯލިޝަނަކާއެކު ކަމަށެވެ.

ރަފިއްޔާ ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ޕްލޭނެއް އޮވެގެން މި ސަރުކާރުން ކަންތައްތައް ކުރުމުން ރާއްޖެ ރަނގަޅު މިސްރާބަކަށް ދިޔަ ކަމަށެވެ.

އަދި ސިޔާސީ ހަލަބޮލިކަން ރައްޔިތުން ދެކެފިކަމަށާއި އެހެންނަމަ ވެސް މިއަދު ރައްޔިތުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް