ޓައިވާންގެ އިރުއުތުރު އައްސޭރީގައި ޑައިވަރުންނަށް ފެނުނު 'ޖަޔަންޓް އޮއާ ފިޝް' އެކެވެ.
މިއީ އިންސާނުންނަށް މަދުން ނަމަވެސް ފެންނަ މަހެކެވެ. ޖަޕާނު މީހުން ގަބޫލުކުރާގޮތުން މިފަދަ މަސް ގޮނޑު ދޮށުން ފެނިއްޖެނަމަ ސުނާމީއެއް އަންނާނެއެވެ. ނަމަވެސް ސައިންސްވެރިން މި ގުޅުމާ ދެކޮޅު ހަދައެވެ.
މި ވީޑިއޯއިން ފެންނަނީ ޑައިވަރުންގެ ގްރޫޕެއްގެ ކައިރީގައި އޮއާފިޝް ފަތަމުންދާތަނެވެ. މި މަހުގެ ދިގުމިނަކީ ގާތްގަނޑަކަށް 30 ފޫޓު ކަމަށް ލަފާކުރެވެ އެވެ. އާންމުކޮށް މިހާ ތިލަކޮށް މި މަސް ނުފެންނަތީ، ޑައިވަރުން މިމަސް ފެނުމުން ހައިރާންވިއެވެ.
މި ވީޑިއޯ ސީއެންއެންގެ ވެބްސައިޓުން އެއް މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާއިރު، ބޮޑު މަސް ފެނުމުން މީހުން ވަނީ ބިރުވެރިކަމާއި ބިރުވެރިކަން މިކްސްކޮށް ފާޅުކޮށްފަ އެވެ.