ads
ގެބްރިއެލާ ޑިމެޓްރިއަޑެސް އަދި އަރްޖުން ރަމްޕަލް
އަރްޖުން ރަމްޕަލް އާއި ގެބްރިއެލާ ޑިމެޓްރިއަޑެސް އަށް ދެވަނަ ދަރިފުޅު ލިބިއްޖެ
އަރްޖުން ރަމްޕަލް އާއި ގެބްރިއެލާ ޑިމެޓްރިއަޑެސް ވަނީ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފައެވެ.

މި ހަބަރު ސޯޝަލް މީޑިއާގައި އިއުލާން ކުރިއިރު ދެމަފިރިން ވަނީ ކުއްޖާގެ އަތުގެ ފޮޓޯއެއް ހިއްސާކޮށް، ދަރިއަކު އަނެއްކާވެސް ލިބުނީތީ ވަރަށް އުފާވާކަމަށާއި، އެއީ އެމީހުންނަށް ވަަރަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށް ބުނެފައެވެ. 

އެ ތުއްތު ކުއްޖާ އުފަންވީ މުމްބާއީ އަށެވެ. އުފަންވިއިރު އޭނާގެ ބަރުދަނުގައި ހުރީ 3.2 ކިލޯ (7.1 ޕައުންޑް) އެވެ. އޭނާގެ ނަން އަދި ޖިމްސެއް ހާމައެއް ނުކުރެއެވެ.

އެކްޓަރުގެ ރައްޓެހިންނާއި ފިލްމު އިންޑަސްޓްރީގެ އެކުވެރިން ވަނީ ސޯޝަލް މީޑިއާއަށް ނުކުމެ އޭނާއަށް ދަރިއަލު ލިބުމާ ގުޅިގެން އޭނާއަށް މަރުހަބާ ކިޔާފައެވެ. އެމީހުންގެ މަރުހަބާ ކީމީހުންގެ ތެރޭގައި ބޮބީ ޑިއޯލް، ސުނިއެލް ޝެޓީ، އަދި ޕްރަގްޔާ ކަޕޫރު ހިމެނެ އެވެ.

މިއީ އަރްޖުން ރަމްޕަލް އާއި ގެބްރިއެލާ ޑިމެޓްރިއޭޑެސް އަށް ލިބުނު ދެ ވަނަ ދަރިފުޅެވެ. އެދެމީހުންނަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ މަހިކާ ކިޔާ އަންހެން ދަރިއެކެވެ.

އަރްޖުން ރަމްޕަލް އާއި ގެބްރިއެލާ ޑިމެޓްރިއަޑެސް އަކީ 2012 ވަނަ އަހަރުން ފެށިގެން އެކުގައި އުޅޭ ދެމީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް