ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ފައިސަލް ނަސީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދާކުރައްވަން ނިންމަވާ ރައީސް ސާލިހު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް ދައުރުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ކުރައްވަމުންދާ މަސައްކަތްތަކާއި، ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.
ސިކުނޑިފުޅުގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަނިންމޭޓަކު ނެގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ނަސީމްގެ ޝައުގުވެރިކަން ނައިބް ރައީސް ކަމަށް ހުންނެވިއިރު ނައިބް ރައީސަށް 50 އަހަރު ފުރިގެން ނެރުނު ބަޔޮގްރަފީ ފޮތަށް ރައީސް ސޯލިހު ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ފައިސަލް އަކީ ވަރަށް އިތުބާރު ކުރެވޭ އަދި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ބޭފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފައިސަލަކީ މީހަކު ބުނާހާ ގޮތަކަށް ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ގޮތުގައި އެ މަނިކުފާނު ވަނީ ފައިސަލް ސިފަ ކުރައްވައިފައެވެ.