ads
އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާ އެކު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ދިރާގުން ވަނީ އިއުލާނުކޮށްފައި - ފޮޓޯ:ދިރާގު
އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާ އެކު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ދިރާގުން
އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާ އެކު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހަށް ބޭއްވުމަށް ނިންމައި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް މި އުފާވެރި ހަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ. ދިރާގުން ބުނީ ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވަނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.

ދިރާގުން ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށްވާން ޖެހޭނެ ކަމަށެވެ. ކޮންމެ ޓީމަކަށް ފަސް ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތަށް 40 ޓީމެއްގެ ލިމިޓެއް އޮތުމުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކަށަވަރުކުރުމަށް ދިރާގުން އިލްތިމާސް ކުރެއެވެ.

މުބާރާތުގެ ފުރަތަމަ ހަތް ދުވަހު އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތައް ލައިވް ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ބޭއްވޭ ގްރޭންޑް ފިނާލޭ ވާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށް ކަމަށެވެ. ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާ އާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނެ ފަދަ ފޯރިގަދަ އިވެންޓަކަށް ވެގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. ދިރާގުން ބުނި ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓު ކަމުގައެވެ.

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.  

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/43zhEOI

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް