ads
ހއ. އިވަންދޫ ޝެއިޙް މުހައްމަދު ޝާފިއު އޭނާގެ ދަރިފުޅު ޔޫސުފް އާއިއެކު
އުމުރުން 11 އަހަރުގެ ޔޫސުފް ސަލާމަތް ކުރަން، އެހީވެ ދެއްވާ!
ފެށުނީއްސުރެ ސިވިއާރ އޯޓިޒަމްގެ އަލާާތްތައް ހުންނަ އުމުރުން 11 އަހަރުގެ ޔޫސުފް ބިން މުހައްމަދު ޝާފިއު އަށް ކުރިމަތިވެފައިވަނީ ބިހޭވިއާ އަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ހަށިގަނޑަށް އަނިޔާ ދިނުމާއި، ބޯތެޅުމާއި، އެއްޗެހި ހަލާކުކޮށް ހެދުންފަދަ ކަންކަމެވެ.

ޔޫސުފްގެ ބައްޕަ، ހިތިލާގެ ހއ. އިވަންދޫ ޝެއިޙް މުހައްމަދު ޝާފިއު ސީއެންއެމްއަށް ޔޫސުފްގެ ބަލީގެ ހާލަތު ކިޔައިދެމުން ވިދާޅުވީ ކުއްޖާ އަކީ ފެށުނީއްސުރެ އޯޓިޒަމް އަދި އޭޑީއެޗްޑީއަށް ޑަޔަގޮނަސިސް ކުރެވިފައިވާ ކުއްޖެއް ކަމަށެވެ. 

ނަމަވެސް ކުއްޖާގެ އަސްލު ބަލި އެނގުނީ ޔޫސުފްގެ އުމުރުން ދެ އަހަރުން ފެށިގެން ކަމަށެވެ. އޭގެ ފަހުން މިދަނީ ފަރުވާ ކުރަމުން ކަމަށްވެސް ޝާފިއު ކިޔައިދިނެވެ.

your imageޔޫސުފް ބިން މުހައްމަދު ޝާފިއު....

ނަމަވެސް އޯޓިޒަމް އަކީ އާސަންދައިގެ ތެރޭގައި ހިމެނިފައިވާ ބައްޔެއްނޫން ކަމުން އެ ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައެއް ނުލިބޭ ކަމަށްވެސް ޝާފިއު ކިޔައިދިނެވެ.

ނަމަވެސް ކުއްޖާގެ އަމިއްލަ ހަށިގަނޑުގައި އަޅާވޭނާއި، އެ ކުއްޖާ އުޅޭ ގޮތް ލޮލަށް ފެނި މަންމަ އާއި ބައްޕަޔަށް ކެތްނުވާނެ ޔަގީނެވެ. އޯޓިޒަމަކީ އުމުރު ދުވަހަށް ދިމާވާ ހާލަތެކެވެ. ނަމަވެސް، އެކަށީގެންވާ އަދި އެކަށޭނަ އެއްބާރުލުމަކާއެކު، އޯޓިޒަމް ހުންނަ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ފަރުވާގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވެއެވެ. އެހެންކަމުން ފަރުވާ ލިބިއްޖެ ނަމަ އެފަދަ ފަރާތްތަތަކަށްވެ ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ ކަން ޔަގީނެވެ. 

ނަތީޖާއެއްގެ ގޮތުން އޯޓިޒަމް ހުންނަ މީހުންނަށް އެމީހުންގެ ބޭނުންވާ ކަންތައް ދެނެގަނެ، އެމީހުންގެ ހުނަރު ހަރުދަނާކަން ކުރިއެރުވުމުގައި ތަޖުރިބާ ލިބިފައިވާ ސްޕެޝަލިސްޓް ހިދުމަތްތައް ލިބުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެގޮތުން ޝާފިއުވެސް އޭނާގެ ދަރިފުޅައްޓާކާ އުއްމީދުތައް ދޫކޮށެއް ނުލައެވެ. 

"މިހާރުވެސް ބޯތަޅަނީ ތަންތާގަ. އެއްޗެހިވެސް ހަލާކު ކުރަނީ. ވިކާވެސް ހަދާ. އަމިއްލަ ނަފްސަށްވެސް ގެއްލުންދޭ" ޝާފިއު

your image ޔޫސުފް ބިން މުހައްމަދު ޝާފިއު ގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް....

ޝާފިއު ކިޔާދިން ގޮތުން ޔޫސުފް އަކީ އޯޓިޒަމް ކުއްޖެއްކަަން ފުރަތަމަވެސް އެނގުނު ހިސާބުން ޑޮކްޓަރުންނަށް ދެއްކި ކަމަށާއި، އެގޮތުން ކުއްޖާ އަށް، ސްރީލަންކާއިވެސް ފަސް އަހަރުވަންދެން ފަރުވާ ހޯދާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ބިހޭވިޔާ އަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ކަމަށާއި، ނަމަވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށެވެ. މިހާރު މި މަސައްކަތް ކުރަނީ ސްޓެމްސެލް ތެރަޕީއަށް ދިއުމަށް ކަމަށްވެސް ޝާފިއު ވަނީ ކިޔައިދީފައެވެ. 

ނަމަވެސް ސްޓެމްސެލް ފަރުވާ އަކީ 11600 ޑޮލަރު ކަމަށާއި، ދިވެހި ރުފިޔާއިން 178,640.00 ރުފިޔާ ކަމަށްވެސް ވަނީ ބުނެފައެވެ. މި ފަރުވާގެ ސަބަބުން ޔޫސުފްގެ ބަލީގެ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، ބޭނުންވަނީ އާންމުންގެ ދީލަތި އެހިތެރިކަމެއް ކަމަށެވެ.

ޔޫސުފްގެ ފަރުވާ އަށް ދަނީ އިންޑިޔާގެ މުމްބާއީ އަށް ކަމަށާއި، ސްޓެމްސެލް އަށް އެކަނި ބޮޑު އަދަދެއް އަރާއިރު، މިފަދަ ފަރުވާއެއް ދިނުމުގެ ތަނަވަސްކަން އާއިލާގައި ނެތުމާއި އެކު ޝާފިއު އެދެނީ ކުއްޖާގެ ފަރުވާ އަށް ފައިސާ ބޭނުންވާތީ ދީލަތި އެހީތެރި ކަމަކެވެ.

ގުޅޭނެ ނަންބަރު 9130095

އެކައުންޓް ނަމްބަރު 7770000010500(ބިމީއެމްއެލް) މުހައްމަދު ޝާފިއު

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ. 

32%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް