އުރުފީ އިކޮނޮމީ ކްލާހުގައި ދަތުރުކުރަމުން ދަނިކޮށް ފިރިހެން ކުދިންގެ ގްރޫޕުން އޭނާގެ ހެދުމާއި އޭނާގެ ސިފައަށް މަލާމާތް ކުރަން ފެށިއެވެ. އަދި އޭނާގެ ރުހުމެއް ނެތި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
އެ މީހުން ބުލީކުރުމުގެ ސަބަބުން އޭނާއަށް ފްލައިޓުގައި އިން ގޮނޑިވެސް ބަދަލުކުރަންޖެހުނެވެ. އުރުފީވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
ސޯޝަލް މީޑިއާގައި ޓްރޯލްތަކާއި ބޮޑީ ޝޭމަރުންގެ އަމާޒަކަށް އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މިއީ ޝަހުޝީގޮތުން އޭނައަށް ބުލީ ކުރި ކަމަށް ބުނާ ފުރަތަމަ ފަހަރެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ފިރިހެން ކުދިން ކުށްވެރިކޮށްފައެވެ. އަދި ބުލީ ކުރުމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ހެދުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފައެވެ.