ads
ފޮޓޯ ސޯޝަލް މީޑިއާ
ބާލިންއަށް ސިންގާއެއް އަރައިގެން ބައެއް ސްކޫލުތައް ބަންދުކޮށްފި
ޖާމަނުގެ ވެރިރަށް ބާލިންއިން ސިންގާއެއް ފެނިގެން އޭތި ހިފުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ބާލިންގެ ބައެއް ސަރަހައްދުތަކުގެ ސްކޫލުތަކާއި ޑޭކެއާ ސެންޓަރުތައް ވަނީ ބަންދުކޮށްފައެވެ. 

އެންމެފުރަތަމަ މި ސިންގާ ފެނުނީ ހުކުރު ދުވަހުއެވެ. ސިންގާ ހޯދުމުގެ މަސައްކަތައް ފުލުހުން އަންނަނީ ކުއްތާއާއި، ހެލިކޮޕްޓަރު، ތާމަލް ކެމެރާ އަދި ކާރު ބޭނުންކުރަމުންނެވެ.  އަދި ބާލިންގެ ބައެއް ސަަރަހައްދުތަކުގައި ވަނީ ސިންގާ ހިފުމަށް މަޅިތައް ހަދައިފައެވެ. އަދި ސިންގާ އަތުލުމަށް އިނާމެއް ވެސް ވަނީ ހުށަހަޅާފައެވެ. 

ގޭތެރޭގައި މަޑުކުރުމަށާއި އެއްވެސް ކަމެއް ފެނިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް ވެސް ބާލިން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ބެލެވޭ ގޮތުގައި އެއީ ޒުވާން އަން ސިންގާއެކެވެ. އެއީ ގާތްގަނޑަކަށް 100 ޕައުންޑުގެ ސިންގާއެކެވެ.  

ފުލުހުން ގަބޫލުކުރާ ގޮތުގައި ސިންގާ ފިލާފައިވަނީ އަމިއްލަ ޒޫއަކުން ނުވަތަ ސާކަސްއަކުން ކަމަށް ވެދާނެއެވެ. އަދި ގަވާއިދާ ހިލާފަށް ޖަރުމަނަށް އެކަމަނާ އެތެރެކޮށްފައިވާ ސިންގާއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަަމަށް ފުލުހުން ބުނެއެވެ. 

50%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް