ހަދީސެއް ކަމަށް ބުނެ އިލްމުވެރިން ހުތުބާއާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ ތަފްސީރު ފޮތްތަކުގައި ލިޔުއްވާފައިވާ ވާހަކައެއް ކަމަށާއި އެއީ ރަސޫލާގެ ހަދީސެއް ކަމަށް ހުތުބާގައި ބުނެފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.
Advertisement
މިނިސްޓަރު މިހެން ވިދާޅުވީ ހުކުރު ހުތުބާގައި ހަދީސްކަމަށް ބުނެ ސައްހަ ނޫންވާހަތަކެއް ހިމެނޭކަމަށް ބުނެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.
"ހުތުބާ ލިޔުއްވަނީ ޢިލްމުވެރިން. ލިޔުމަށް ފަހު ކުށެއް ވޭތޯ ހުތުބާ ކޮމިޓީން ބައްލަވާ. ރަސޫލާއަށް ނިސްބަތް ކުރައްވާ ހަދީޘްއެއް ކަމަކަށް ނޫން ޚުތުބާގައި ލިޔުއްވާފައި އޮތީ،" މިރޭ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހުތުބާގައި ސައްހަ ނޫންކަމަށް ބުނާ ވާހަކައަކަތައް ގެނެސްފައިވަނީ ތަފްސީރު ފޮތްފޮތުގަ ތަފްސީރު އިލްމުވެރިން ވެސް ވާހަކަ ދައްކަވާފައި ވާކަމަށް ބުނެ ކަމަށެވެ.
ހުތުބާގެ ކަންކަން ހަރުދަނާކުރައްވާނެކަަމަށް ވެސް މިނިސްޓަަރު ވަނީ ވިދާޅުވެފައެވެ.
ހުކުރު ހުތުބާ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުތުބާއަށް ފާޑުކިއުން އައީ ކީއްވެ؟
މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި 'ސާބިތު ނުހިފޭ ވާހަކަތަކެއް' ހުރިކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުކުރު ހުތުބާއަށް ފާޑު ވިދާޅުވެފައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ އާސޫރާ ދުވަހާއި ގުޅޭގޮތުން މިއަދު ހުކުރު ހުތުބާގައި ގެނެސްދީފައިވާ ވާހަކަތަކާ ގުޅޭގޮތުންނެވެ. އެނާގެ ފޭސްބުކް ގައިވެސް ވަނީ ހުތުބާގެ ސްކްރީންޝޮޓުތައް ވެސް އާންމުކުރައްވާފައެވެ.
"ހުތުބާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އާސޫރާ ދުވަހާއި ގުޅުވައި ގެނެސްފައިވާ ހަމަ އެކަނި ސައްހަ ވާހަކައަކީ އެ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެ ފާނު ސަލާމަތް ކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ގަރަގު ކުރެއްވި ދުވަސްކަމަށް ބުނެ ގެނެސްދީފައިވާ ވާހަކަ. އެ ނޫން ނަބީ ބޭކަލުންނާއި ބެހޭގޮތުން އެ ދުވަހާއި ގުޅުވައި ހުތުބާގައި ގެނެސްފައިވާ ވާހަކަތަކަކީ ސާބިތު ވާހަކަތަކެއް ނޫން،" ޑރ. ޝަހީމް މިއަދު ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައިވަނީ އާޝޫރާ ދުވަހުގެ މާތް ކަމުގެ މައްޗަށެވެ.