ads
ދިވެހިރާއްޖެއިން ދެކުނު ކޮރެއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ހަސަން ސާބިރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލް އަށް އެރުވުން
ރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމުގެ ފަތްކޮޅު ކޮރެއާ ރައީސްއަށް އަރުވައިފި
ދިވެހިރާއްޖެއިން ދެކުނު ކޮރެއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ހަސަން ސާބިރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލްއަށް އަރުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު ބާއްވާފައިވަނީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ޔޮންގްސަން ރިޔާސީ އޮފީހުގައިކަމަށެވެ. 

"ސަަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އެ ގައުމަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ހަސަން ސާބިރު ވަނީ ކޮރެއާގެ ރައީސަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފަ،" -ފޮރިން މިނިސްޓްރީ-



ކޮރެއާ ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ހާއްސަ އަހައްމިއްޔަތުކަމެއްދެއްވާނެކަން މި ބައްދަލުކުރެއްވުމުގައި ސާބިރު ފާހަގަކުރެއްވިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ސަފީރު ހަސަން ސާބިރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮރެއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ރާއްޖެއަށް ފުރުޞަތުތައް ހޯއްދެވުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި،"


ދިވެހި ރާއްޖެއިން ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރުގެ މަޤާމަށް ހަސަން ސާބިރު އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ 27 ޖޫން 2022 ގައެވެ.

ހަސަން ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް